Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah As-Saf — Ayah 14

61:14
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ وَكَفَرَت طَّآئِفَةٞۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَٰهِرِينَ ١٤
އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. އެބަހީ ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟] އެބަހީ [ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟] އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. [އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ.] އެބަހީ [ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.] (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.\nފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.